ދޯހާ މެރަތަންގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިކޮށްދޭން އުރީދޫއިން ނިންމައިފިއެވެ.
ދޯހާ މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 16 ވަނަ ދުވަހުއެވެ. އުރީދޫއިން ވަނީ ދޯހާ މެރަތަންގައި ބައިވެރިވާން ބޭނުންވާ މީހުންގެ ތެރެއިން 15 ދުވުންތެރިއެއްގެ ރަޖިސްޓްރޭޝަން ފީ ސްޕޮންސަރކޮށްދިނުމަށް ނިންމާފައެވެ.
މެރަތަންއަށްދާ 15 ދުވުންތެރިއަކު ކަނޑައެޅުމަށް އުރީދޫއިން ވަނީ ޝަރުތުތަކެއް ހަމަޖައްސާފައެވެ.
- 10 ކޭ ނުވަތަ ހާފް މެރަތަނެއް ފުރިހަމަކޮށްފައިވުން
- ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ ކަސްޓަމަރެއްގެ ގޮތުގައި ހުރި ފަރާތަކަށްވުން
- ގަތަރަށް ދަތުރުކުރެވޭނެ ދިވެހި ޕާސްޕޯޓެއް އޮތުން
އުރީދޫއިން ބުނީ މެރަތަންގއި ބައިވެރިވުމުގެ ފުރުސަތުއަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މެރަތަންއަށް ދާނެ ފަރާތެއް ކަނޑައެޅުން އޮންނާނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.
އުރީދޫއިން ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ