ޝައިޚް އަބްދުﷲ ސިއްދީގު އެކްސިޑެންޓެއްވެ ފަރުވާ ދެނީ

ޝައިޚް އަބްދުﷲ ސިއްދީގު އެކްސިޑެންޓެއްވެ ފަރުވާ ދޭން ފަށައިފި އެވެ.
އައްޑޫ ސިޓީ، މަރަދު އަށް ނިސްބަތްވާ ޝައިޚް ސިއްދީގް އެކްސިޑެންޓްވެފައިވަނީ، މިއަދު މެންދުރު ފަހު، ފޭދޫ އިން މަރަދު އަށް ސައިކަލުގައި ވަވަޑައިގަންވަނިކޮށް މަރަދޫފޭދޫ ބޮޑުމަގުގަ އެވެ.
މައުލޫމާތު ލިބޭގޮތުގައި، މި ހާދިސާ ހިނގީ ގޯޅިއަކުން ނުކުތް ސައިކަލެއް، ސިއްދީގު ދުއްވެވި ސައިކަލުގައި ޖެހިގެންނެވެ.
Advertisement
މި އެކްސިޑެންޓާ ގުޅިގެން ސިއްދީގު ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ. އަދި އެއަށްފަހު، އައްޑޫ އިކްއެކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބަދަލުކޮށް، މިހާރު ދަނީ އެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި ހާދިސާގައި ޝައިޚްގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ޝައިޚް އަބްދުﷲ ސިއްދީގަކީ، ފޭދޫ "މަސްޖިދުލް ކައުސަރު" ގެ އިމާމުގެ އިތުރުން ޤާނޫނީ ވަކީލެއް ވެސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ