ޖިންސީ ގޯނާގެ މައްސަލައިގައި މެޑިކަލް ރިޕޯޓަށް އެއްވެސް ވަރަކަށް ނުޒޫފް ފޯރުވާފައިވޭތޯ ބަލަންޖެހޭ ނާޒިލްގެ ކެމްޕެއިން ޓީމުގެ މެމްބަރުންނަށް 30 އުމުރާ ދަތުރު ދެނީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ނާޒިލް އަށް! ހިތަދޫ ދެކުނު ދާއިރާ އޮތީ ބަދަހިކޮށ

މި ސަރުކާރަށް ޤައުމުގެ ތިޖޫރީ ލިބުމުން ހިތު ހުރި ގޮތަކަށް ބޭނުންކުރާ މަންޒަރު ފެންނަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ އިޤްތިސާދާއި ދަރަނި މެނޭޖްކުރުމާއި ބެހޭ ގޮތުން ސަރުކާރުން ހުށަހެޅުއްވި ބިލަށް ބަޙުސު ކުރަމުން ނާޒިލް ވަނީ ރާއްޖޭގެ މާލީ ޙާލަތު ދަށަށް ދިއުމުގައި ސަރުކާރުގެ އިސްރާފުކުރުން އިންތިހާއަށް ބޮޑުވެފައިވާކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
މާލީ ހާލަތު ގޯސް ދުވަސްވަރެއްގައި ބޮޑު އަގުދީ ތުރުކީ ވިލާތުން ގެނައި ޑްރޯންތަކުން ގައުމަށް ލިބޭ އެއްވެސް ފައިދާއެއް މިހާތަނަށް ފެންނަން ނެތްކަމަށާއި ހުވާ ކުރެއްވީ ވެސް 23 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންކަމަށް ނާޒިލް ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ޚާއްސަކޮށްފައިވާ ގެކޮޅަށް މިލިއަނުން ފައިސާ ޚަރަދު ކުރުމަށް ފަހު، އަމިއްލަ ކަންކަމަށް މުލިއާގެއަށް ގެނައި ބަދަލުތަކަށް ވެސް ކުރި ހޭދަތައް މިލިއަނުން ފައިސާ ހޭދަވިކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ދައުލަތުގެ ރިޒާވް ދަށްވިކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެމަނިކުފާނަށް ތާއީދު ކުރާ މެންބަރުން ތަކުރާރުކޮށް ވިދާޅުވާއިރު އެ ފައިސާގެ ދެބައިކުޅަ އެއްބައި ބޭނުން ކުރީ ހަމައެކަނި ޑްރޯން ގަތުމަށް ކަމަށެވެ. އަދި ބޭކާރު އެހެން ޚަރަދުތައް ވެސް ކުރަމުން ދަނީ، ހަމަ އެ އުސޫލުންކަމަށް ނާޒިލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ