383 އެތުލީޓުންނާ އެކު މި އަހަރުގެ އިންޓަރ-ސްކޫލް އެތުލެޓިކްސް މީޓް މާދަމާ އައްޑޫގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މާދަމާ އިން ފެށިގެން މި މަހުގެ 16 އާ ހަމައަށް ކުރިއަށް ގެންދާ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 31 ސްކޫލަކުން ވާދަކުރެއެވެ.
އެތުލެޓިކްސް މީޓްގައި ވާދަކުރާ އައްޑޫން ބޭރު ސްކޫލްތަކުގެ ޓީމްތައް މިހާރު އައްޑޫ އަށް އައިސްފައިވާއިރު ކޮންމެ ޓީމަކަށް އައްޑޫއިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މި މުބާރާތުގައި އައްޑޫގެ 10 ސްކޫލަކުން 500 އަށް ވުރެ ގިނަ ދަރިވަރުންނާއި ރާާއްޖޭގެ އިތުރު ހަތް ސަރަހައްދެއްގެ ސްކޫލަކުން 383 ދަރިވަރުން ވާދަކުރެ އެވެ.
އެތުލެޓިކްސްގައި ވާދަކުރާ އައްޑޫން ބޭރުގެ ސްކޫލްތަކުގެ އަދަދާއި އެތުލީޓުންގެ އަދަދު:
* ފުވައްމުލައް: 5 ސްކޫލަކުން، 211 އެތުލީޓުން * ގއ. އަތޮޅު: 2 ސްކޫލަކުން، 59 އެތުލީޓުން * ގދ. އަތޮޅު: 2 ސްކޫލަކުން، 45 އެތުލީޓުން * ހދ. އަތޮޅު: 3 ސްކޫލަކުން، 15 އެތުލީޓުން * އއ. އަތޮޅު: 1 ސްކޫލަކުން، 21 އެތުލީޓުން * މާލެ: 8 ސްކޫލަކުން، 32 އެތުލީޓުން
އިންޓަރ-ސްކޫލް އެތުލެޓިކްސް މީޓަކީ އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކުރާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް އައްޑޫގައި ބާއްވަނީ ސިޓީ ކައުންސިލާ ގުޅިގެންނެވެ.
މި މުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ ޓީމްތައް އައްޑު އަށް އައުމާ އެކު ފުލުހުންގެ ފަރާތުން ވަނީ ސެކިއުރިޓީ/ޓްރެފިކް އޮޕަރޭޝަނެއް ފަށައިފައެވެ. އެގޮތުން މި މުބާރާތް ނިމެންދެން ލިންކް ރޯޑާއި ގުޅިފައިވާ އަވަށްތަކުގެ ބޮޑެތި އެހެން މަގުތަކުގައި ފުލުހުން ޓްރެފިކް ބަލަހައްޓަމުން ދާނެ އެވެ.
އެތްލެޓިކްސް މުބާރާތަށް ތައްޔާރުވުމަށް އައްޑޫ ސާފުކުރުމުގެ ހަރަކާތެއް ބާއްވައފި ކުލަގަދަކޮށް ބޭއްވި އެތުލެޓިކްސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި އެންމެ ވިދާލި ސްކޫލަކަށް އެމް ޖޭ އެސް ފެބްރުއަރީ މަހު ބާއްވާ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތަށް ފުވަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ