މޫސުން ވަރަށް ބޮޑަށް ގޯސްވެ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުކަމަށްވާ ހއ، ހދ، އަދި ށ އަތޮޅަށް އޮރެންޖް ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރައި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތަކީ މިރޭ 19:00 އާއި ހަމައަށެވެ.
އިއްޔެއިން ފެށިގެންރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ވައި ވަރަށް ގަދަވެފައިވާއިރު، ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއް ނެތި ވާރޭ ވެހެމުންދާކަން ފާހަގަކުރެވެއެވެ.
މިމަހުގެ 9 ވަނަ ދުވަހު މޫސުމާ ބެހޭ ގައުމީ އިދާރާއިންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީން ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވަޔާއި ކަނޑުތައް ގަދަވުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދުރާލައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި އިއްޔެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރު މިނަކަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
މޫސުން ވަރަށް ބޮޑަށް ގޯސްވެ، ހއ.އަތޮޅުން ށ.އަތޮޅަށް އޮރެންޖް ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ