ފޮނަދުއާއި ގަން، ސިޓީއަކަށް ބަދަލުކުރާނަން: މިނިސްޓަރ ފައިސަލް

ލ. އަތޮޅު ފޮނަދުއާއި އެއަތޮޅު ގަން، ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެެވެ.
މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު ފޮނަދޫގައި ބޭއްވި އެއްވުމުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ ދެން އެންމެ އަވަހަށް ދެކެން ބޭނުންވާ ދުވަހަކީ އެއްފަސްކޮށް އޮންނަ ގަން ފޮނަދޫ ސިޓީއަކަށް ބަދަލުވާ ދުވަސް ކަމަށާއި އެގޮތުން ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެ ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު ކަމަށާއި ސިޓީއެއްގެ ދަރަޖައަށް ބަދަލުކުރެވި އެ ރަށުގައި އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު ކަމަށެވެ.
ފައިސަލް ވިދާޅުވީ ގަމާ ފޮނަދޫ ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ތަރައްގީގެ ހުރިހާ ކަމެއް މި ސަރުކާރުގައި ގާއިމުކުރާނެ ކަމަށާއި އަދި ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެ ކަމަށެވެ.
މީގެއިތުރުން ފައިސަލް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މި އަތޮޅުގައި ފަތުރުވެރިިކަން ހިންގުމަށް ޓަކައި މިހާރު ވެސް ބޭރުގެ އެކި އިންވެސްޓަރުންނާ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެ އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓަށް ހަތަރު ރިސޯޓު ތަރައްގީކޮށްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ