އިސްލާމީ ދާއިރާގެ ވައުދުތައް ފުއްދުމަށް މިއަހަރަށް ކަނޑައަޅާ އެކްޝަން ޕްލޭން އެކުލަވާލައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ދާއިރާގެ ވައުދުތައް ފުއްދުމަށް މިއަހަަރަށް ކަނޑައަޅާ މަގުޗާޓު ނުވަތަ އެކްޝަން ޕްލޭން އެކުލަވާލައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަން ދެއްވާ ކަންކަމުގެ ތެރޭގައި ދީނަށް ލޯބިކުރާ އަޙުލާގު ހެޔޮ މުޖުތަމަޢުއެއް ބިނާކުރުން ހިމެނެއެވެ. .
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި އެކްޝަން ޕްލޭނަކީ ރައިސުލްޖުލްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ ދީނީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ރާވާ ކުރިއަށްގެންދާނެގޮތުގެ އެކްޓިވިޓީ ޕްލޭނެއްކަމަށެވެ. އަދި މި ޕްލޭން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހާރު ތަސްދީޤުކޮށްފައިވާކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިސްލާމީ ދާއިރާގެ ވައުދުތައް ފުއްދުމަށް އެކަށައަޅާފައިވާ ޕްލޭން އަންނަ ބުރާސްފަތިދުވަހު އިފްތިތާޙުކޮށް، އާއްމުންނަށް ފެންނަގޮތަށް ވެބްސައިޓްގައި ޝާއިޢުކުރާނެކަމަށެވެ. އަދި މި ޕްލޭންގައި ދިގު ރާސްތާގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ކަންކަމުގެ އިތުރުން، މުހިންމު މަސައްކަތްތައް ތަންފީޒްކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ފެށުންވެސް ހިމެނޭނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޑރ މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި "އީސްލާމީ ނޫރާއި ދީނީ ޢަޤީދާ"ގެ ދާއިރާއިން ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާއިރު، އެ ކަންކަމަކީ، ދީނަށް ލޯބިކުރާ ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ހިމަނާފައިވާ ކަންތައްތަކެވެ.
ސަރުކާރުގެ ދީނީ ސިޔާސަތުގެ ތެރޭގައި 1000 ފަޤީރުން ދަޢުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދިއުމާއި ޚިދުމަތް ހަރުދަނާކުރުމާއި، ޒަމާނަށް ފެތޭގޮތަށް އިސްލާމީ ތަޢުލީމުގެ ނިޒާމު ހަރުދަނާކުރުމާއި، ޢަރަބި ބަސް އުނގަންނައިދިނުމާއި، ދީނީ ތަރުބިއްޔަތާއި އަޙުލާޤާއި ގުޅޭ ކަންކަން ފުޅާކުރެއްވުންފަދަ މަސައްކަތްތައް ހިމެނެއެވެ. އަދި ޒަކާތާއި ވަޤުފުގެ ދާއިރާ ފުޅާކުރުމާއި، ދީނީ ތަޢުލީމުގެ ކޯސްތައް މުޅި ރާއްޖެއަށް ފުޅާކުރުމާއި ވަސީލަތްތައް ޤާއިމުކުރުންވެސް ހިމެނެއެވެ. މީގެއިތުރުން އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދާއިމީ ސްކޫލެއް ހަދައިދިނުމާއި، ދީނީ ތަޢުލީމުދޭ މަރުކަޒުތައް ހެދުމާއި، މި މަސައްކަތަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކޮށް، މުހިންމު ކޮމިޓީތައް އެކުލަވާލުންވެސް ހިމެނެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ