ސްރީލަންކާގެ އިންތިހާބީ ރައީސް ދިސަނާޔަކެއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި
އެގައުމުގެ އިންތިޚާބީ ރައީސް އަނޫރަ ކުމާރަ ދިސަނާޔަކެއަށް ރައީސުލްޖުމްހޫރިއްޔާ
ޑރ.މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް
މުޢިއްޒު ވިދާޅުވެފައިވަނީ ގާތް އަވައްޓެރިންގެ ހައިސިއްޔަތުން، ރާއްޖެއާއި ސްރީލަންކާއާ
ދެމެދު އޮތް ތާރީޚީ ރަޙުމަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް ދިސަނާޔަކެއާއެކު މަސައްކަތްކުރުމަށް
ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
މީގެއިތުރުން ސްރީލަންކާގެ އައު ރައީސްގެ މަޤާމުގައި
ދިސަނާޔަކެއަށް ވަރަށް ބޮޑު ކާމިޔާބެއް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް މުޢިއްޒު
ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު މި ޕޯސްޓް ކުރައްވާފައިވަނީ ސްރީލަންކާގެ
ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް އިޢުލާންކުރުމާ ވިދިގެންނެވެ.
ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ
ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަނޫރާ، 55، ވަނީ ވޯޓުގެ 55.89 ޕަސެންޓަށް ވުރެ
ގިނައިން ހޯއްދަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ