މިދިޔަ މަހު އަގުތައް އެންމެ ބޮޑަށް އުފުލިގެން ގޮސްފައިވަނީ ތަރުކާރީގެ ބާވަތްތަކުންނެވެ. އަގު ދަށްވީ މަހުގެ ބާވަތްތަކުންނެވެ.
މިދިޔަ އޮގަސްޓް މަހަށްވުރެ ރާއްޖޭގައި މުދަލާއި ތަކެތީގެ އަގުތައް މިދިޔަ މަހު ދަށް ކަމަށާ މިދިޔަ މަހު ދަށްވެފައިވާއިރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ތަރުކާރީގެ ބާވަތް ތަކުން ކަމަށް ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.19 ޕަސެންޓުގަ އެވެ، ނަމަވެސް މި މިދިޔަ މަހު އިންފްލޭޝަން ހުރީ 0.16 ޕަސެންޓުގަ އެވެ. މަހުގެ އަގުތަކަށް އައި ބަދަލު ހިމަނައިގެން ބަލާނަމަ ސެޕްޓެމްބަރު މަހު 0.31 ޕަސެންޓުގައި އިންފްލޭޝަން ހުރިއިރު މިދިޔަ މަހު އެ އަދަދު ވަނީ 0.14 ޕަސެންޓަށް ތިރިވެފަ އެވެ.
އަގުތައް އެންމެ ބޮޑަށް ދަށަށް ގޮސްފައިވާ މަހުގެ ބާވަތްތަކުގެ އަގުތައް ވަނީ -2.69 ޕަސެންޓް ވެއްޓިފަ އެވެ. މީގެ އިތުރުން އަގު ދަށްވި މޮބައިލް ކޮމިއުނިކޭޝަންގެ ބައިން -1.28 ޕަސެންޓް އަދި އަންނައުނު ފަދަ ބާވަތްތަކުގެ އަގުތައް -0.29 ޕަސެންޓް ތިރިވެފައިވެ އެވެ.
އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު %3.9 އަށް މަތިވާނެ ކަމުގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 2025 ވަނަ އަހަރުގެ ބަޖެޓުގައިވެ އެވެ. މި އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ނެރެފައިވާ ރިޕޯޓުގައި އަދި ވޯލްޑް ބޭންކުން މި އަހަރު ނެރުނު އިކޮނޮމިކް އަޕްޑޭޓުގައިވެސް ބުނެފައިވަނީ ސަރުކާރުން އެކުލަވައިލާފައިވާ މާލީ އިސްލާހީ އެޖެންޑާގައި ހިމެނޭ ސަބްސިޑީ ނިޒާމު އިސްލާހު ކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުން އިންފުލޭޝަން މަތިވާނެ ކަމަށެވެ. އެގޮތުން ބައެއް މާލީ އިދާރާތަކުން ލަފާކުރި ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އިންފުލޭޝަން %5 އަށް އުފުލޭނެ އެވެ. ނަމަވެސް ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެ މިންވަރަށް އިންފުލޭޝަން މަތިނުވާނެ އެވެ. މައިގަނޑު ގޮތެއްގައި އިންފުލޭޝަން މަތިވަނީ ކުރިން ނުސީދާ ގޮތެއްގައި ކުންފުނިތައް މެދުވެރިކޮށް ދެމުންދާ ސަބްސިޑީތައް ސީދާ ބޭނުންޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ބަދަލުކުރުމުންނެވެ. ސަބްސިޑީ ނިޒާމަށް ގެންނަ ބަދަލާއެކު ސަބްސިޑީ ލިބޭނީ އޭގެ ހައްގުވެރިންނަށް އެކަންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސެޕްޓެމްބަރު އަގުތައް ދަށް | އަގު މަތިވީ ތަރުކާރީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ