ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ބަންދުން ދޫކޮށްލައިފިއެވެ.
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް އެކްސްގައި ހއިްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ. އަދި މެމްބަރު އޮތީ ހޮސްޕިޓަލުގައި ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ އެ އިހުތުޖާޖުގައި ބަންދުކުރި ބާކީ އެންމެންވެސް ޝަރުތެއްނެތި މިނިވަންކުރުމަށް ގޮވާލާކަމަށެވެ. މައުރޫފް ވިދާޅުވީ މަސްވެރިންނާއިއެކު އެކަށީގެންވާ މަޝްވަރާއެއް ކޮށް، އެމީހުންގެ ކަންބޮޑުވުންތައް ދެނެގަނެ ހައްލުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
މައުރޫފް ވިދާޅުވީ އެއީ ޒިންމާދާރު އަދި ތަހުޒީބީ ސަރުކާރެއްގެ ހައިސިއްޔަތުނ ްކުރަން ޖެހޭ ކަމެއް ކަމަށެވެ. މަސްވެރިންގެ މުޒާހަރާގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު މައުރޫފު ހައްޔަރުކޮށްފައި ވަނިކޮށް، އޭނާ ހޮސްޕިޓަލަށް ގެންގޮސް އެމެޖެންސީއެއްގައި އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މައުރޫފް އާއި އަދި އިތުރު ފަރާތްތަކުން ހައްޔަރު ކުރުމާއި ގުޅިގެން އެމްޑީޕީން ބަޔާނެއްވެސް ނެރެފައިވެއެވެ. އެ ބަޔާނުގައި އެމްޑީޕީން ބުނީ އެމީހުން ބަންދުގައި ބަހައްޓައިފައި ތިބީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނުތަކާއި ގަވާއިދާއި ހިލާފަށް ކަމަށެވެ.
މެމްބަރު މައުރޫފް ބަންދުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ