އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާއަށް އަނިޔާއެއް ނުވޭ: ފުލުހުން

މެދުރާއްޖެތެރޭގެ ރަށެއްގައި އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ކުޑަކުއްޖާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ފުލުހުން ވިދާޅުވި ގޮތުގައި، އިމާރާތުގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު މި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދައްކާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "ޑޮކްޓަރުން އެ ކުއްޖާ ބެއްލެވިއިރު ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި، ކުއްޖާގެ ހާލު އާންމުގޮތެއްގައި ރަނގަޅު" ކަމަށެވެ. މި ހާދިސާގައި ވެއްޓިފައިވަނީ 11 އަހަރުގެ ކުޑަކުއްޖެއްކަން ވަނީ އެނގިފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ