ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، 1 ޖޫން 2025 އިން ފެށިގެން ކުޑަކޮށްދެއްވަން، ކަމާބެހޭ ފަރާތްތަކުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދަންނަވައިފިއެވެ.
ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، ކުޑަކޮށްދެއްވައި، އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް، ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، އެމަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓްގައި ރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ މި ދެންނެވުމާއި ގުޅިގެން، ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް ކުޑަ ކުރައްވަން ހުށަހެޅުއްވި ގޮތް ވެސް، މި ޕޯސްޓްގައި އެމަނިކުފާނު ވަނީ ތަފްސީލުކޮށް ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ވަނީ، ރިޔާސީ ދައުރުގައި މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޑިސްކައުންޓު ދެއްވައި، ވަކި މިންވަރެއް މައާފުވެސް ކޮށްދެއްވާފައެވެ.
އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސްގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މައާފުކޮށް ދެއްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ ރޯދަމަހުގެ ކަރަންޓު ބިލްތަކަށް ދެއްވި ޑިސްކައުންޓުގެ އިތުރުން، އެއާއި ވިދިގެން އައި މަހު (އޭޕްރީލް 2025) ގައި ވެސް، ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައި ވާތީ، ގޭބިސީތަކުގެ ކަރަންޓު ބިލްތަކަށް ބޮޑު ލުޔެއް ސަރުކާރުން ދެއްވިއެވެ.
ޑޮމެސްޓިކް ކަރަންޓު ޓެރިފް ރޭޓު ކުޑަކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި ރައީސް ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ