ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ހިންގާ ގަވާއިދު މިއަދު އުވާލައިފި އެވެ.
ސީއެމްޑީއޭގެ އިދާރީ ހިންގާ ގަވާއިދު އުވާލީ މިއަދު ގެޒެޓު ކުރި ގަވާއިދަކުންނެވެ. އެހެންކަމުން މިހާރުން ފެށިގެން ސީއެމްޑީއޭގެ އިދާރީ ހިންގާ ގަވާއިދު އުވުނީ އެވެ.
ސީއެމްޑީއޭއަކީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން މިނިވަން މުއައްސަސާއެކެވެ. ސީއެމްޑީއޭގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ސެކިއުރިޓީ ބާޒާރު ރެގިއުލޭޓުކޮށް ތަރައްގީ ކުރުމެވެ.
މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް ސުޕަވައިޒް ކުރަނީ ވެސް ސީއެމްޑީއޭ އިންނެވެ. އެ ސްކީމް ހިންގަނީ މޯލްޑިވްސް ޕެންޝަން އޮތޯރިޓީއިންނެވެ.
މިއަދު އުވައިލި ގަވާއިދުގައި ސީއެމްޑީއޭގެ މުވައްޒަފުން ހޯދުމާއި ބެލެހެއްޓުމާއި އިދާރީ ގޮތުން ސީއެމްޑީއޭ ހިންގުމާ ބެހޭ އުސޫލުތައް ލިޔެފައި ހުއްޓެވެ.
ސީއެމްޑީއޭގެ ޗެއާޕާސަންއަކީ އައިޝަތު ޒާހިރާ އެވެ. ސީއީއޯގެ މަގާމުގައި ހުންނަވަނީ މުހައްމަދު ހުސެއިން މަނިކެވެ. އޭގެ އިތުރުން ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރައްވާ ދެ މެންބަރުންނާއި ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ތަމްސީލު ކުރައްވާ މެންބަރަކު ވެސް ބޯޑުގައި ހިމެނެ އެވެ.
ސީއެމްޑީއޭގެ މައިގަނޑު މަސްއޫލިއްޔަތްތަކުގެ ތެރޭގައި, ހަރުދަނާ އަދި އިންސާފުވެރި ގޮތެއްގައި ސެކިއުރިޓީޒް އުފައްދައި، ނެރެ، ގަނެ ވިއްކޭނެ ބާޒާރެއް އުފެއްދުމާއި ސެކިއުރިޓީޒް ގަނެ ވިއްކާ ފަރާތްތަކާއި ގަނެ ވިއްކަން ހުށަހަޅާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުން ހިމެނެ އެވެ.
އޭގެ އިތުރުން، ސެކިއުރިޓީޒް ބާޒާރު އިންތިޒާމްކޮށް، ހިނގާ ނުހިނގާ ގޮތް ބެލުމާއި ސެކިއުރިޓީޒްގެ މުއާމަލާތުތަކުގައި ނޭދެވޭ އަމަލުތައް ކުރިޔަ ނުދިނުމާއި ސެކިއުރިޓީޒް ބާޒާރާމެދު އިތުބާރު ގެއްލޭފަދަ އަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް ސީއެމްޑީއޭގެ ޒިންމާއެކެވެ.
ސީއެމްޑީއޭގެ އިދާރީ ހިންގާ ގަވާއިދު އުވާލައިފި ސީއެމްޑީއޭގެ އިދާރީ ހިންގާ ގަވާއިދު އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ