ޝައްމާންގެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފި
ކުއްލި ގޮތަކަށް ރޭ މަގާމުން ވަކިކުރި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅުއްވާ ގެ ފުލުހުން ރޭ ބަލައި ފާސްކޮށްފި އެވެ.ޝައްމާން ވަކިކުރި މައްސަލައާ ގުޅޭގޮތުން ފުލުހުން ރޭ ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.އެ މައްސަލައާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ."ހޯރަ" އަށް އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ޝައްމާން ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށްފައެވެ. އަދި އެތަނުން ބައެއް ސާމާނުވެސް ގެންގޮސްފައިވާ ކަމަށް އެނގިފައިވެއެވެ.ފުލުހުން ތުހުމަތުކުރާ ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނަކާ ގުޅުވައި ބިދޭސީ/ބިދޭސީންތަކެއް އަތުން ހޯދި ކަމަށް ބެލެވޭ ފައިސާ ވެސް، އޭގެ ތެރޭގައި ހިމެނެ އެވެ. މި މައްސަލައިގައި ފުލުހުން އިއްޔެ ރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުންނާ ވެސް އެކަމާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވެ އެވެ.މި ތުހުމަތުތަކާ ގުޅޭ ގޮތުން ޝަމްއާންގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި ޝަމްއާން ވަހީދު ރޭ މަގާމުން ވަކިކުރުމާއެކު، ހަމަ ރޭ އެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު ވަނީ އައްޔަނުކޮށްފައެވެ.ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލައަކީ މިހާތަނަށް ހައްލު ނުވެ އޮތް ބޮޑު މައްސަލައަކަށްވާއިރު މިކަން މިހާ ދޯދިޔާ ވެގެން ގޮސްފައިވަނީ އިމިގްރޭޝަންގެ ވެރިންނަށް ތިއްބަވާ ބޭފުޅުން އެކިއެކި ނާޖާއިޒު ފައިދާތައް ނަގާތީ ކަމަށް އަބަދުވެސް ތުހުމަތު ކުރެވެއެވެ. ނަމަވެސް މިއީ މިފަދަ ގޮތަކަށް އިމިގްރޭޝަންގެ އެންމެ މަތީ ވެރިއެއްގެ މައްސަލަ މިހެން ބަލާ ފުރަތަމަ ފަހަރެވެ.ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރުކަމުގައި ހުންނަވައިގެން ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ދޮޅު އަހަރެއްހައި ދުވަސްތެރޭ ކުރި މަސައްކަތަކީ ގިނަ ބައެއްގެ ތައުރީފް ލިބުނު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ