ހުޅުމާލޭގައި ހުންނަ ރެހެންދި ޓާފު ދަނޑުގެ ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ 11:35 ހާއިރު އެވެ.
ތަފްސީލް - އެ މާރާމާރީއާ ގުޅޭ ގޮތުން ފުލުހުން ބުނި ގޮތުގައި:
އެ މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލާފައި؛ ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމައެއް ނުކުރޭ
އެ މީހާއަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހުން
މާރާމާރީ ހިންގުމަށް ފަހު ފިލައިގެން ދަނިކޮށް އެ ދެ މީހުން ވަނީ ހައިވޭ މަތިން ހުއްޓުވައި ހައްޔަރުކޮށްފި
އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ހަތިޔާރާއި ވަޅިއެއް ވަނީ ފެނިފައިވޭ
ހަމަލާދިނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް
އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
ރުސްތުމް އިބްރާހީމް، 25، ހީނާމާގެ/ގދ. ފިޔޯރީ
އަބްދުﷲ ޒާހިދު ޒުބޭރު، 18، ސްޓާ/ބ. ހިތާދޫ
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.
ގުޅުންހުރި - މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ހައިވޭ މަތިން ހިފަހައްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ކެފޭއެއްގެ ތެރޭގައި ދެ ބިދޭސީން ވެސް ވަނީ މާރާމާރީ ހިންގާފަ އެވެ. އެ މާރާމާރީގައި އެކަކަށް ސީރިޔަސް އަނިޔާތަކެއް ލިބުނެވެ.
އޭގެ އިތުރުން، ކަނބާ އައިސާ ރަނި ހިނގުމުގައި ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ދެ މީހަކު މަރުތޭލަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލާފަ އެވެ.
ހުޅުމާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ