ބީއެމްއެލް އެޕް އަދި ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ބީއެމްއެލް އެޕް އަދި ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ

މި އަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕް އަދި ޒަކާތް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭ ގޮތް އެ ބޭންކުން ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުގެ މޮބައިލް އެޕް މެދުވެރިކޮށް ޒަކާތް ދައްކާނަމަ އެޕްލިކޭޝަންގެ "More" ޖަހާފައިވާ ޓެބަށް ފިއްތާލުމުން ޒަކާތް ދެއްކުމަށް ބޭނުންވާ ލިންކް ފެންނާނެ ކަމަށެވެ.
ބީއެމްއެލް އެޕްގެ އިތުރުން ޒަކާތް ޕޯޓަލް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް މޮބައިލް އެޕް އަދި ބީއެމްއެލް ޒަކާތް ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ 26 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ޖެހުމާ އާ ހަމައަށް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ