މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދެވިފައި: ސްޓެލްކޯ

މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓް ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، މާލެ ސަރަހައްދުން ކަރަންޓް ދިނުމަށް ކުރެވުނު މަސައްކަތުން މިހާރު ހުޅުމާލޭގެ ރުއްގަނޑު އެކެއް ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއް ފިޔަވައި އެހެން ހުރިހާ ފޯމަރުތަކެއް އެނަޖައިޒް ކުރެވިފައިވާކަމަށެވެ. ސްޓެލްކޯއިން ވަނީ އެ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ތަނަކަށް ކަރަންޓް ނުލިބޭނަމަ އެކަން ހޮޓްލައިން 104 އަށް ގުޅައި ރިޕޯޓްކުރުމަށް އެދިފައެވެ.
މާލެ ސަރަހައްދުން މިއަދު މެންދުރު ކަރަންޓް ކެނޑިގެންދިޔައިރު، ސްޓެލްކޯއިން ކުރިންވެސް ބުނެފައިވަނީ އިރޮއޮއްސުމުގެ ކުރީން ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވޭނެ ކަމަަށެވެ. މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މިއަދު 12:30 އެހާއިރު އެވެ. މިއީ މި ފަހުން މިފަދަ ގޮތަކަށް މުޅި ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ދިޔަ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ