ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ވީ ކިހިނެއް؟ - ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު 25 އޭޕްރީލްގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އަދި މިދިޔަ މަހުގެ 8 ވަނަ ދުވަހު ޝުޖާއު ވަނީ ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވައިފަ އެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ މިއަދު މެންދުރު 12ގެ ނިޔަލަށެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި، ވަގުތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:
އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީން
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ
ސައުތު ޕޮލިސް ކޮމާންޑަރު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝަމީމް
އެނގުން މުހިންމު - ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް އޮންނަ އިޖުރާއަތްތަކީ:
އެ މަގާމަށް އާންމުކޮށް ހުޅުވާލަން 90 ދުވަސް ދޭން ޖެހޭ
އެ މަގާމަށް ކުރިމަތިލަނީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނަ މީހަކަށް ވާން ޖެހޭ
ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަންކުރާނެ
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މީހުންނާ ބެހޭ ރިޕޯޓެއް ހަދާނެ
އެ ރިޕޯޓްގައި، ކޮމިޝަނަރަކަށް އައްޔަންކުރަން ޝަރުތު ފުރިހަމަވޭތޯ، އަބުރުވެރިކަން ހުރި ނިސްބަތް އަދި ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ނުޖެހޭ ސަބަބެއް އޮތް ނަމަ އެކަމެއް ހިމަނާނެ
ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރައްވާނީ ޕޮލިސް ބޯޑުން ހުށައަޅާ ނަންތައް ވަޒަންކޮށް، ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަ ވަޒީރެއްގެ ލަފާގެ މަތިން، ރައީސް
ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން، ފަރުހާދު އަދި ޝަމީމް ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ