ފެނަކައިގެ ނަމުގައި ސައްހަ ނޫން ލިޔުމެއް އުފެއްދި މައްސަލަ ކުށްވެރިކޮށްފި އަނެއްކާވެސް އައްޑޫއަށް 1.8 މެގަވޮޓުގެ އިތުރު ޖަނެރޭޓަރެއް ފޮނުވައިފި ފެނަކައިގެ ދަށުން ހިންގަމުންދިޔަ ހުރިހާ އައިސްޕްލާންޓްތަކެއް މިފްކޯއާ ހަވާލުކޮށްފި އައްޑޫ ކަރަންޓުގެ މައްސަލަ ހ

ފެނަކައިން ކަރަންޓުގެ ޚިދުމަތް ދޭ ގޭބީސީތަކުގެ މިދިޔަ މަހުގެ ބިލަށް, ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފައިވާ ގޮތަށް ޓެރިފް ކުޑަކުރަން ނިންމައިފިއެވެ.
މި މަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިއުލާންކުރައްވައިފައެވެ.
މި އެންގެވުމާ އެއްގޮތަށް ފެނަކައިން މިހާރު އަމަލުކުރަން ފަށާފައިވާއިރު އެ ކުންފުނިން ބުނީ ނިމުނު މެއި މަހަށް ވެސް ބިލް ކުރާނީ އައު ޓެރިފް ރޭޓުގެ ދަށުން ކަމަށެވެ. އެގޮތުން މެއި މަހުގެ ބިލަށް މިހާރު ފައިސާ ދައްކާފަައިވާ މީހުންގެ މިމަހު ބިލުން އެއްބައި އުނިކުރާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އަދި މިދިޔަ މަހުގެ ބިލަށް ފައިސާ ދައްކާފައިނުވާ މީހުންނަށް ކުޑަ ޓެރިފް ރޭޓުގައި އަލުން ބިލު ފޮނުވާނެ ކުރާނެ ކަމަށް ފެނަކައިންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ