އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ޔޫ.އެން.ޑީ.ޕީ އަދި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް ގުޅިގެން މިއަދު އޭދަފުށީގައި ފެށި މި ޕްރޮގްރާމަކީ އެ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށާއި، ކައުންސިލްތަކުގެ އަންހެން މެންބަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އަންހެނުން ބާރުވެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މި ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. ޚާއްޞަކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ ޢިނާޔަތާއި، ވިހެއުމުން ލިބޭ ޗުއްޓީއާއި އަދި ބެންކުތަކުން ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި، ޤާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.
މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް އޭދަފުށީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤް ބައިވެރިވެ ވަޑައިގަންނަވައެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ