ހިތްދަތިކަން ކުރިމަތިވުމުން ދެރަވެ ރޮވޭ ޙާލުގައި އެމީހަކަށް ދެރަ ނިކަމެތި ބަސްތައް ބުނަން ހެޔޮނުވާނެ!

"އެއްވެސް މީހަކަށް ނުއުފުލެވޭނެ ވަރުގެ ތަކްލީފެއް އެމީހަކަށް ނުޖައްސަވަމެވެ." ވަޙިކުރައްވަވާފައިވާ ބަސްފުޅުގެ މާނަ ގިނަ ބައަކު ތަރުޖަމާ ކުރަނީ ރަނގަޅަކަށް ނޫނެވެ. މިޘާލަކަށް ބަލިޙާލުބޮޑުވުމާއި ދިރިއުޅުމުގައި ކުރިމަތިވާ ތަކްލީފްތަކަށް ކެތްތެރިވާން އުނދަގޫ ކިތަންމެ ޙާލަތެއް ﷲ ތަޢާލާ ކުރިމަތިކުރައްވަވަތެވެ. ތަދުގަދަވެ ކެތްތެރި ނުވެވި ނަފުސުގެ ކޮންޓްރޯލް އަތުން ގެއްލި އަތުންފައިން ގޯސްހެދޭ އެތައް ޙާލަތެއްވެސް ކުރިމަތިކުރައްވަވަތެވެ. 
މިބަސްފުޅުގެ މާނައަކީ ﷲ ތަޢާލާ ތިބާއަށް އަންގަވާފައިވާ ކަމެއް ކުރަން ތިބާ މަސައްކަތްކުރުމުން ތިބާގެ ކިބައިގައި ކުޅަދާނަކަން ނުވާ މިންވަރަކުން ތިބާގެ ކިބައި ކުށެއް ނެތްކަމަށެވެ. އެކަމަށް ޒިންމާވާން ތިބާއަށް ނުޖެހޭނެ ކަމެވެ. އެއީ ތިބާއަށް ކަންކަން ކުރުމުގެ ޤާބިލުކަން ހުރި މިންވަރު ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން 
މިބަސްފުޅުން ދަސްކުރަންޖެހޭ އެއް ފިލާވަޅަކީ ހިތްދަތިކަން ކުރިމަތިވުމުން ދެރަވެ ރޮވޭ ޙާލުގައި އެމީހަކަށް ދެރަ ނިކަމެތި ބަސްތައް ބުނެގެން ނުވާނެކަމެވެ. އެހެނީ އެފަދަ ޙާލަތުގައި އެކިމީހުންނަށް ކެތްތެރިވެވޭނީ އެކި މިންވަރަށެވެ. 
އެހެނެއް ނޫނެވެ. އެފަދަ ޙާލަތެއްގައިވެސް އަމިއްލަ ނަފްސުގެ ކޮންޓްރޯލް މުޅިން ދޫކޮށްލައި ނުބައި މަގުތަކުން އެމީހަކުދާނަމަ އެކަމަށް ނަޞޭޙަތްތެރިވާންވާނެއެވެ. ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުންނަން ގަދައަޅައި މަސައްކަތްކުރަން ހިތްވަރުދޭންވާނެއެވެ. 
މިޘާލަކަސް ކަމެއް ކުރިމަތިވުމުން ދެރަވާވަރުން ނަމާދުނުކޮށް ހުރުމަކީ އެމީހެއްގެ ކިބައިން ޤަބޫލުފުޅު ކުރައްވަވާނެ ކަމެއް ނޫނެވެ. އަދި ލިބުނު ހިތްދަތިކަމުން އަރައިގަންނަން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުމަކީވެސް ޤަބޫލުފުޅުކުރައްވަވާނެ ކަމެއް ނޫނެވެ. އެއިރުން އެދެވެނީ ﷲ ތަޢާލާގެ އިންތަކުން ބޭރުވެވިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ