ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެ ހިދުމަތުގެ ކަނޑުގެ އަދި އެއްގަމުގެ ބާރަށް ގިނަ ކުރިއެރުންތަކެއް މިއަހަރު ލިބޭނެ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގައްސާން މިހެން ވިދާޅުވީ ސިފައިންގެ ހިދުމަތާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ އަސާސީ ތަމްރީނު ކޯހުގެ 71 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުންނެވެ. އިއްޔެ ހަވީރު ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި ރަސްމިޔާތުގައި:
115 ދަރިވަރުން ވަނީ ދަސްވެނިވެފައި
އެއީ 105 ފިރިހެން ދަރިވަރުންނާއި 10 އަންހެން ދަރިވަރުން
ބުނީ ކީކޭ؟ - އެ ރަސްމިޔާތުގައި ގައްސާން ވިދާޅުވީ އެ ހިދުމަތާ އަލަށް ގިނަ ސިފައިންތަކެއް ގުޅިފައި މިވަނީ ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން، މިދިޔަ 17 ނޮވެމްބަރުން ފެށިގެން ރައީސް މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ ސިޔާސަތެއްގެ ގޮތުގައި ހާސިލުކުރައްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަކީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު އޭގެ އެންމެ ފުރިހަމަ މާނާގައި ހިމާޔަތްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން ހާސިލުކުރުމުގެ މަގުސަދުގައި އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ރައީސް މުއިއްޒު މިވަގުތު ވެސް ކުރައްވަމުން ގެންދަވާ ކަމަށް ގައްސާން ވިދާޅުވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވީ:
މިދިޔަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމްއެންޑީއެފް އެއާކޯއެއް އުފެއްދެވި
އެއްގަމުގެ ބާރަށާއި ކަނޑުގެ ބާރަށް ގިނަގުނަ ކުރިއެރުންތަކެއް މިއަހަރު ލިިބޭނެ
މީގެ އިތުރުން، ސިފައިންގެ ހިދުމަތަށް ނުކުންނައިރު، ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި ސިފައިންގެ އުސޫލުތައް ދެމެހެއްޓުމަށާއި އަބަދު ވެސް ނަފުސަށް ވުރެ ގައުމު އިސްކުރުމަށް، އަލަށް ހިދުމަތަށް ނުކުތް ސިފައިންނަށް ގައްސާން އިލްތިމާސްކުރެއްވި އެވެ.
އެނގުން މުހިންމު - މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމައި އެކަމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.
ދިވެހި ސިފައިންނަށް މިއަހަރު ގިނަ ކުރިއެރުންތަކެއް ލިބޭނެ: ގައްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ