އަހަރެމެންނަށް ބައެއް ފަހަރު ލުރެވޭ ކަންކަމުގެ ސަބަބުން ވަރަށް ދެރަ ގޮތްތައް އެބަ މެދުވެރިވެއެވެ. އެއީ އެންމެ ގާތް މީހުންގެ ކިބައިން ނުބައިބަސްތައް އަޑު އިވުމެވެ. ކުރެވޭ ބައެއް ކުދިކުދި ކަންތައްތަކާއި ގުޅިގެންވެސް ކަލެއަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވާނެ ކަމަށް ބުނެވޭކަމެވެ. އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ އެއްކަމަކީ މިފަދަ ބަސްތައް މައިންބަފައިން، އަނބިން، ފިރިންގެ ކިބައިން އަޑުއިވޭކަމެވެ.
އަހުރެން ބުނާނީ މީހަކު ކިތަންމެ ގިނަފަހަރު، ކިތަންމެ ގިނައިން ނުބައި ކަންކަން ކުރި ނަމަވެސް ހަމައެކަކުވެސް މިފަދަ ނުބައި ބަސްތައް ނުބުނުމަށެވެ. އެހެނީ އެއްވެސް މީހަކަށް ލަޢްނަތް ލެއްވެވުމަށް އެދުމެއް ނެތެވެ. އޮތީ އެމީހަކަށް ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރުމެވެ.
ވަކިން ޚާއްޞަކޮށް އެމީހަކަށް ހެޔޮކޮށް ކަންކަންކުރާ މީހަކަށް ފަހަރެއްގައި ކުރެވޭ ކަމަކާއި ގުޅުވައިގެން މިފަދަ ބަސްތައް ބުނަން ހެޔޮނުވާނެއެވެ. އަދި މީހަކު ﷲ ތަޢާލާ ލަޢްނަތް ލައްވަވާނެ ފަދަ ޢަމަލެއް ކުރިނަމަވެސް ލަޢްނަތް ލައްވަވާނެ ކަމަށް ބުނުމެއް ނެތެވެ. ބުނަންވާނީ ތިއަކުރެވެނީ ﷲ ތަޢާލާ ލަޢްނަތް ލައްވަވައިފާނެ ކަމެއް ލަމަށެވެ. އޮތީ އެމީހަކަށް ވިސްނައިދީ އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. ކުރިންވެސް މިބުނި ފަދައިން އެމީހަކަށްޓަކައި ހެޔޮދުޢާކުރުމެވެ.
އެއްވެސް މީހަކަށް ލައްވަވާނެ ރަޙްމަތެއް ނުއެނގޭނެއެވެ. ކިތަންމެ ނުބައި ޢަމަލުތައްކުރާ މީހަކުވެސް އިޞްލާޙްވެދާނެއެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށައިފާނެއެވެ. އަދި ވަރަށް ގިނައިން މެދުވެރިވަމުން ވެސް އަންނަ ކަމެކެވެ. ވީމާ އެއްވެސް މީހަކަށް ލައްނަތް ލެއްވެވުމަށް ނުއެދޭށެވެ. އެއީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ.
ދެން ވިސްނައިލަންވީ ތިބާ ކުޅަ ދުޢާއެއްގެ ސަބަބުން މީހަކު އިޞްލާޙްވެއްޖެނަމަ ތިބާއަށް ލައްވަވާނެ ރަޙްމަތަށެވެ. އެޙާޞިލްކުރެވުނީ މަތިވެރިވެގެންވާ އަދި އެހައިމެ ފައިދާހުރިކަމެކެވެ. އޭނާ އިޞްލާޙްވެ ކުރާ ހެޔޮ ޢަމަލުތަކުން ތިބާއަށްވެސް ޘަވާބު ދެއްވަވާނެތީއެވެ. އެކަމުން ލިބޭ ޘަވާބުގެ ސަބަބުން ތިބާގެ ކޮޅަށް މީޒާން ބުރަވެ ސުވަރުގެ ވަދެވުމުގެ ފުރުޞަތުވެސް އެބައޮތެވެ. އިން ޝާ ﷲ
- ނޫމާން ޢަލީޚާންގެ ދަރުސަކުން
މީހަކު ތިބާއަށް ނުބައިކޮށް ކަންކަން ކުރިޔަސް ބަދުދުޢާނުކޮށް ހެޔޮދުޢާކުރުމުން އެމީހާގެ ޢަމަލުތައް އިޞްލާޙްކޮށްފިނަމަ އެއީ ތިބާއަށް ސުވަރުގެ ވަދެވޭނެ ސަބަބުކަމަށްވުމަކީ ގާތުގަ އޮތް ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ