ރިސޯޓުތައް ކައިރީގައި ނުވަތަ ޓޫރިޒަމް ޒޯނެއްގައި ހިމެނޭ ބޮޑެތި އާބާދީތަކުގެ ރަށްތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ފަށަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- 'ކޮފީ ވިތު ޔޫތު'ގެ ނަމުގައި ބޭއްވި ޒުވާނުންގެ ކޮންފަރެންސެއްގައި ރައީސް ވަނީ، ޒުވާނުންނާ ގުޅުން ހުރި އެކި މައްސަލަތަކާ ގުޅޭ ގޮތުން އެ މީހުންގެ ހިޔާލު ހޯއްދަވައިފަ އެވެ. އަދި ބައެއް މައްސަލަތަކުގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކާއި ހައްލުތައް ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް ކަމަކީ ޓޫރިޒަމްގެ ދާއިރާއަށް ނުކުންނަ ޒުވާނުން ބާރުވެރިކުރުމެވެ.
ރައީސް ވިދާޅުވީ ކިޔަވައިގެން ނުކުންނަ ޒުވާނުން އެ ދާއިރާއިން ކުރިއަށް ދާން ބަލާއިރު، އާއިލާއާ ދުރުގައި އުޅުމަކީ ގޮންޖެހުމެއް ކަމަށެވެ. ރަށުގެ ޓޫރިޒަމް ދާއިރާގައި ނުވަތަ ފަސޭހައިން ގޮސް އާދެވޭނެ، ރަށާ ކައިރި ރިސޯޓެއްގައި މަސައްކަތް ކުރަން ލިބުމަކީ ކުރިއަށް ދާން އިތުރު ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތަށް ބަލާއިރު، ގެދޮރުވެރިކަން ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި:
ރިސޯޓެއްގެ ކައިރިން ނުވަތަ ޓޫރިޒަމް ޒޯނެއްގައި ހިމެނޭ، ބޮޑެތި އާބާދީތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަން ވަނީ ނިންމަވާފައި
އޭރުން ޒުވާނުންނަށް އެމީހުންގެ އާއިލާއާ ގާތުގައި އުޅުމުގެ ފުރުސަތު ލިބޭނެ
އެއީ ކުރިއަށް ދާން އޮތް ފުރުސަތެއް
"އެންމެން ނުޖެހޭނެ މާލޭގެ ސަރަހައްދުގެ ހައުސިން މަޝްރޫއުތަކަށް ކުރިމަތިލާކަށް. ހައުސިންއަކީ ޒުވާނުން ކުރިއެރުމުގައި ބާރުވެރިވުމުގައި އެންމެ ބޮޑު ހުރަސް. އެހެންވެ، ހަމައެކަނި މާލެ ސަރަހައްދަށް ފޯކަސް ނުކޮށް، މިފަދަ މަޝްރޫއުތައް ސްޕްރެޑްއައުޓް ކުރުން އެއީ ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިއްމު: ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން މަޝްރޫއު ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު އޭރު ވިދާޅުވި ގޮތުގައި، އެފަދަ މަޝްރޫއުތައް، ސަރުކާރުގެ ވަރަށް ކުރީކޮޅު ފައްޓަވާނެ އެވެ. އެއިން ވަކި ކެޓަގަރީއެއް، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެކި ރަށްރަށުގައި، 800އަށް ވުރެ ގިނަ ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއުތައް ހިންގަން މީގެ މަހެއްހާ ދުވަސް ކުރިން ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ވަކި ޕަސެންޓެއް، އެ ރަށްތަކުގައި ހިމެނޭ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރިސޯޓްތައް ކައިރީގައި އޮންނަ އާބާދީ ބޮޑެތި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ