ފަތްޖަހައިލެވޭ ފުރަތަމަ އައިފޯނުގެ އަގު މެކްބުކް ޕްރޯއަކާ އެއްވަރު: ރިޕޯޓް
އެޕަލް ކުންފުނިން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ އެކުންފުނީގެ ފުރަތަމަ ފަށްޖަހައިލެވޭ އައިފޯނުގެ އަގު އާދަޔާޚިލާފަށް ބޮޑުވާނެ ކަމަށް ސަޕްލައި ޗެއިން އެނަލިސިސްތަކުން އާއްމުކުރި ރިޕޯޓްތަކުން ދައްކައިފިއެވެ. މި ރިޕޯޓްތައް ބުނާ ގޮތުގައި، މި އައު ފޯނުގެ އަގު 16-އިންޗީގެ މެކްބުކް ޕްރޯއާ އެއްވަރުވެ، 2,000 ޑޮލަރާއި 2,500 ޑޮލަރާ ދެމެދުގެ އަގެއްގައި ވިއްކާނެ ކަމަށް ލަފާކުރެވެއެވެ. ފޯނުގެ އަގު މިހާ ބޮޑުވާން ދިމާވާ އެންމެ ބޮޑު އަދި މައިގަނޑު ސަބަބަކީ އެ އުފެއްދުމަށް ބޭނުންވާ ކޮމްޕޯނެންޓްތަކުގެ އަގުބޮޑުވުން ކަމަށްވާއިރު، ޚާއްޞަކޮށް ތަކުރާރުކޮށް ފަށްޖެހުމުން މައްސަލައެއް ނުޖެހޭ ފަދަ މޮޅު ފެންވަރެއްގެ ޑިސްޕްލޭއެއް ތައްޔާރުކުރުމަށް ބޮޑު ޚަރަދެއް ހިނގުމެވެ. މި ފޯނުގެ އަގު 2,399 ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނޭ --- މީގެ އިތުރުން ގިނަ އަހަރުތަކެއް ވަންދެން ބޭނުންކުރެވޭނެ ވަރުގަދަ ހިންޖް (ހުޅުފަތް) ސިސްޓަމަކާއި، ފޯނު ލުއިކޮށް ބެހެއްޓުމަށް ބޭނުންކުރާ އެޑްވާންސްޑް އެލޯއިސް ފަދަ ތަކެއްޗަކީވެސް އުފެއްދުމުގެ ޚަރަދު އެތައް ގުނައަކަށް އިތުރުކޮށްދޭ ކަންތައްތަކެވެ. އެޕަލްގެ އާދައިގެ ފައިދާގެ މާޖިންތަކާއެކު މި ފޯނުގެ އަގު 2,399 ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ފޯނު 2026 ވަނަ އަހަރު ބާޒާރަށް ނެރޭނެ ކަމަށް ލަފާކުރާއިރު، އެޕަލްއިން މި ޓެކްނޮލޮޖީ ނެރުމުގައި ވަގުތު ނަގަނީ ކުރިން މިފަދަ ފޯނުތަކުން ފެނުނު ސްކްރީން ފަޅައިގެން ދިއުމާއި ހުޅުވައި ލެއްޕުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް، ފުރިހަމަ އުފެއްދުމެއް ބާޒާރަށް ނެރުމަށް ބޭނުންވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސްމާޓްފޯނު މާކެޓަށް އައިސްފައިވާ ހީނަރުކަން ފިލުވާލުމަށް ނެރޭ މި ފޯނަކީ އެންމެންނަށް އަމާޒުކޮށްގެން ނެރޭ އެއްޗަކަށް ނުވާއިރު، 2026 ވަނަ އަހަރު ވިއްކޭނެ ކަމަށް ބެލެވެނީ 5.4 މިލިއަން ޔުނިޓެވެ. ހަމައެއާއެކު 2026 ވަނަ އަހަރު ނެރޭ އައިފޯން 18 ސީރީޒްގެ ކެމެރާތަކަށް ވެރިއަބަލް އެޕާޗާ ލެންސް ތަޢާރަފްކުރާނެ ކަމަށް ބެލެވޭއިރު، މީގެ ސަބަބުން ކޮންމެފަދަ އަލިކަމެއްގައިވެސް ފޮޓޯގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެއެވެ. ފާއިތުވި އަހަރުތަކުގައި ސެމްސަންގް އަދި ވާވޭ ފަދަ ކުންފުނިތަކުން ފޯލްޑް ކުރެވޭ ފޯނުތައް ބާޒާރަށް ނެރެ، މިހާރު އެ ޓެކްނޮލޮޖީގެ ފަސްވަނަ ނުވަތަ ހަވަނަ ޖެނެރޭޝަން ބޭނުންކުރަމުން ދާއިރުވެސް، އެޕަލްއިން މިހާތަނަށް މިފަދަ ފޯނެއް ނެރެފައެއް ނުވެއެވެ. އެޕަލްއިން އަބަދުވެސް ގެންގުޅޭ ސިޔާސަތަކީ އާ ޓެކްނޮލޮޖީއެއް އެންމެ ފުރަތަމަ ތަޢާރަފްކުރުމުގެ ބަދަލުގައި، އެ ޓެކްނޮލޮޖީއަކަށް ދިމާވާ ފަންނީ މައްސަލަތައް ހައްލުވެ، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ދެވޭނެ ފެންވަރަށް ތަރައްޤީވުމުން ނޫނީ އުފެއްދުމެއް ބާޒާރަށް ނުނެރުމެވެ. ޚާއްޞަކޮށް ފަށްޖަހައިލެވޭ ސްކްރީންތަކުގެ މެދުގައި އިންނަ "ކްރީޒް" ނުވަތަ ރޫ ފިލުވާލުމާއި، ގިނަ ދުވަހު ބޭނުންކުރެވޭނެ ވަރުގަދަ ހުޅެއް އުފެއްދުމަކީ އެޕަލްއިން މި ފޯނު ނެރުން ލަސްކުރާ އެންމެ ބޮޑު ސަބަބު ކަމަށް ޓެކްނޮލޮޖީ ދާއިރާގެ ދިރާސާވެރިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ