ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމަށްޓަކައި ހުޅުމާލޭގެ ސަރަހައްދަކުން މާދަމާ ކަރަންޓު ކަނޑާލަނީ

ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމަށްޓަކައި މާދަމާ ހެނދުނު ހުޅުމާލޭގެ ދެ ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް ކޮންމެހެން މެދުކަނޑާލަައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހުޅުމާލެ، ހިރުނދުމަގާއި، އަހިގަސްމަގު ހިމެނޭ ސަރަޙައްދުން މާދަމާގެ ހެނދުނު 10:00 އާއި 10:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. https://x.com/STELCOMALDIVES/status/2004938855238304179 އަދި ހުޅުމާލެ، އުނިގަސްމަގާއި، ނިރޮޅުމަގު ހިމެނޭ ސަރަޙައްދުން 28 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ (މާދަމާ) މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ. https://x.com/STELCOMALDIVES/status/2004942532376150286 ފާހަގަކޮށްލެވޭ ގޮތުގައި ޓެކްނިކަލް މައްސަލައެއް ދިމާވެ، މިދިޔަ ބުދަ ދުވަހު ހުޅުމާލެއިން ވަނީ ކަރަންޓު ކެނޑުނުތާ، ދެ ގަޑިއިރަށް ވުރެ ގިނައިރު ފަހުން، ފުރަތަމަ ފިޔަވައްސަށް އަލުން ކަރަންޓު ދީފިއެވެ. މިދިޔަ މަހު 26ގައި ވެސް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ. އެ މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ އަނިޔާވި ސްޓެލްކޯ މުވައްޒަފަކު ވަނީ ނިޔާވެފައެވެ. https://sun.mv/215774 މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ މެންދުރު މުޅި މާލެއާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށް ފަހު، މިދިޔަ އޮގަސްޓު މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ. އޭރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި، ހުސައިން ފަހުމީ ވަނީ ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސްޓެލްކޯއަށް އެނގޭ ކަމަށާއި މައްސަލަ ހައްލުކުރާނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލޭގައި ކަމަށްވާއިރު، ކުއްލިކުއްލިއަށް ކަރަންޓު ކެނޑުމުން އިލެކްޓްރިކް ސާމާނަށް ގެއްލުންވުން ފަދަ މައްސަލަތައް ދިމާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ