ހުޅުމާލޭގެ ވޯޓާ ޕާކް ތެރޭގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލޭ ފޭސް އެކެއްގައި ހަދަން ފަށާފައިވާ ވޯޓާ ޕާކް ސަރަހައްދުގައި ހުރި ގަސްތަކެއްގައި މިއަދު ހެނދުނު ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ނިއްވާލައިފިއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓު ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:34 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. ފަޔާ ފައިޓަރުން ކުރި މަސައްކަތުން އެ ސަރަހައްދުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 07:39 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ވޯޓާ ޕާކް ސަރަހައްދުގައި ހުރި ގަސްތަކެއްގައި ރޯވި ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ