ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކަކަށް މިއަދު ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، އަލުން ކަރަންޓުގެ ހިދުމަތް ދީފިއެވެ.
ސްޓެލްކޯ އިން ބުނީ ދެވަނަ ފިޔަވައްސަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވެ، ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ކަމަށެވެ. މިއަދު މެންދުރުފަހު 3:00 ހާއިރު ދިމާވި އެ މައްސަލަ ހައްލުކޮށް މިހާރު ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގެ ބައެއް ކަސްޓަމަރުންނަށް އަދިވެސް ކަރަންޓު ނުދެވޭ ކަމަށާއި، އެ ކަސްޓަމަރުންނަށް އަލުން ހިދުމަތް ދިނުމަށްޓަކައި ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓު މެދުކެނޑުމުގެ ސަބަބުން ދަތިތައް ދިމާވި ހުރިހާ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި އެ ދަތި ދަނޑިވަޅުގައި ކުންފުނީގެ މުވައްޒަފުން ކުރަމުންދިޔަ ބުރަ މަސައްކަތަށް ހިތްވަރުދީ، ދިން އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކަށް އަލުން ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ