ސްކޫލު ބަންދާ ދިމާކޮށް 7000 މީހުން އުމްރާއަށް: ރައްކާތެރިވުމަށް އެޗްޕީއޭގެ ހާއްސަ އިރުޝާދުތަކެއް މާލިއްޔަތު ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވައިފި އެމްއެންޔޫ އާއި އެންއައިސީ ގުޅިގެން ރިސާޗް ޕްރޮގްރާމްތަކާއި ވޯކްޝޮ

ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު މީހާ އޮތީ ކާކުކަން ނޭނގޭ ވަރަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފިއެވެ.
ކިނޮޅަހާ ދިމާ ބޭރުކަނޑުމަތިން އޮޔާދަނިކޮށް އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ ހަވީރު 4:30 ހާއިރުއެވެ.
ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން މިހާތަނަށް އެ މީހާގެ ޖިންސް ދެނެގަނެވިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ