އާޓިފިޝަލް އިންޓެލިޖެންސް ބިލެއް މަޖިލީހަށް ހުށަހަޅަނީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރެގިއުލޭޓް ކުރުމަށް ހާއްސަ ބިލެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ."ޑިޖިޓަލައިޒޭޝަނެއްގެ ތެރެއަށްދާއިރުގައި އަޅުގަނޑުމެން ސަފުގެ އެންމެ ކުރީގައި ތިބޭނަމަ އެމްބްރޭސް ކުރަންޖެހޭނެ ކަމެއް އޭއައި އަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އޭއައި އަކީ ގާނޫނީ ނިޒާމެއްގެ ތެރެއަށް ވަދެގެންދާ, ރެގިއުލޭޓް ކުރެވޭ ކަމަކަށް ވާންޖެހޭ ކަމަށެވެ. އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން ވެސް މީހުންގެ އަބުރަށް ގެއްލުންވާ ފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ހުށަހަޅާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ