ޕީއެންސީގެ މަޖިލިސް މެންބަރުން، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި ކަންކޮޅުގައި މި ވަގުތު ތިއްބެވުމުން މާދަމާ ހެނދުނަށް ތާވަލުކުރި މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ ހެނދުނަށް ތާވަލު ކޮށްފައިވާކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އެންގީ މިއަދު ހަވީރު އެވެ. ނަމަވެސް، މާދަމާގެ ޖަލްސާ، މާދަމާ ނޫން އަނެއް ދުވަހަށް ފަސްކޮށްފައިވާ ކަމަށް ބުނެ މިރޭ 11:15 ހާއިރު ވަނީ މެންބަރުންނަށް އަންގާފަ އެވެ.
މި ނޫހާ ވާހަކަދެއްކެވި މަޖިލިސް މެންބަރަކު ވިދާޅުވީ މާދަމާއަށް ތާވަލުުކުރި މަޖިލިސް ޖަލްސާ ފަސްކުރީ ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި ކަންކޮޅުގައި ތިބުމުން ކަމަށެވެ.
"މާދަމާގެ ޖަލްސާ ފަސްކުރީ ޕީއެންސީ ގިނަ މެންބަރުން ކެމްޕޭންގައި ރަށްރަށުގައި ތިބެގެން،" މަޖިލިސް މެންބަރަކު އަދަދު އަށް ވިދާޅުވި އެވެ.
މި އަހަރުގެ ފުރަތަަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ ހެނދުނަށް ތާވަލު ކޮށްފައިވާކަން މެސެޖުގެ ޒަރިއްޔާއިން މެންބަރުންނަށް އެންގި ނަމަވެސް، އެ ޖަލްސާގެ އެޖެންޑާ މަޖިލިސް ވެބްސައިޓުގައި އާންމު ކޮށްފައެއް ނުވެ އެވެ.
ޕީއެންސީ މަޖިލިސް މެންބަރުން ކެމްޕޭނުގައި އުޅުއްވާތީ މާދަމާއަށް ތާވަލުކުރި މަޖިލިސް ޖަލްސާ ކެންސަލްކޮށްފި ޕީއެންސީ މަޖިލިސް މެންބަރުން ކެމްޕޭނުގައި އުޅުއްވާތީ މާދަމާއަށް ތާވަލުކުރި މަޖިލިސް ޖަލްސާ ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ