ނޭޕާލް ޕޮލިސް އަތުން ބަލިވެ ހުރާ ކޮމިއުނިޓީ ކުލަބަށް މުބާރާތް ނިމިއްޖެ
ކާވާ ވިމެންސް ލީގުގެ ޕޫލް ބީގައި ނޭޕާލް ޕޮލިސް ކުލަބު އަތުން ސީދާ ތިން ސެޓުން ބަލިވުމާއެކު ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބަށް މުބާރާތް ނިމިއްޖެއެވެ. މި ނަތީޖާއާއެކު މުބާރާތުގެ ގްރޫޕް ބީއާއި ގްރޫޕް އޭ އިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ވަނީ ކަށަވަރުވެފައެވެ. ހުރާ އަތުން ނޭޕާލް ޕޮލިސް މޮޅުވި މެޗުގެ ސެޓުތައް އެ ޓީމުން ގެންގޮސްފައިވަނީ 25-19، 26-24 އަދި 25-16 އިންނެވެ. ގްރޫޕް ބީގެ ޕޮއިންޓު އެތުރިފައިވާ ގޮތް-- މި ނަތީޖާއާއެކު ގްރޫޕް ބީ އިން ސެމީ ފައިނަލަށް ދަތުރުކުރީ އިރާނުގެ ފޫލާދު ސެޕަހާން އާއި ނޭޕާލް ޕޮލިސް ކުލަބެވެ. އިރާނު ޓީމު ސެމީން ފުރުސަތު ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެގެން ހޯދި ނުވަ ޕޮއިންޓާއެކު އެވެ. ދެވަނަ ނޭޕާލް ޕޮލިސް ކުލަބަށް ލިބުނީ ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބު އަތުން ހޯދި މޮޅާއެކު ޖުމްލަ 6 ޕޮއިންޓާއެކު އެވެ. މި ނަތީޖާއާއެކު ހުރައާއި ހޫމޯ ވީސީއަށް ވަނީ މުބާރާތް ނިމިފައެވެ. ކާވާ ވިމެންސް ލީގުގެ ސެމީއަށް ދަތުރުކުރި ނޭޕާލް ޕޮލިސް ކުލަބު ޓީމާއި ހުރާ ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ އެއާއެކު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:15 ގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ފޫލާދު ސެޕަހާން އާއި ގްރޫޕް އޭގެ ދެވަނަ ހޯދި ލަންކާގެ ހިރްދަރަމާނީއެވެ. ދެވަނަ މެޗުގައި ރޭގަނޑު ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ތުރާން ވީސީއާއި ޕޫލް ބީގެ ދެވަނަ ހޯދި ނޭޕާލް ޕޮލިސް ކުލަބެވެ. މުބާރާތުގެ ޝެޑިއުލް ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ބްރޮންޒް މެޑަލް މެޗު ލިބޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ 20:30 ގައެވެ. މުބާރާތުގެ ފޯރިގަދަ މެޗުތައް ބެލުމަށް ޓިކެޓު ވިއްކާ އަގަކީ 25 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އެ މެޗެއްގެ ޓިކެޓު ވިއްކަން ފަށާނެއެވެ. ޓިކެޓު ދޫކުރާނީ އެކަމަށް ހާއްސަކޮށް ސޯޝަލްގައި ޤާއިމުކޮށްފައިވާ ކައުންޓަރުންނެވެ. ކާވާ ވިމެންސް ލީގުގެ ސެމީއަށް ދަތުރުކުރި ނޭޕާލް ޕޮލިސް ކުލަބު ޓީމާއި ހުރާ ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ ހުރިހާ މެޗަކާއެކު ކަވަރޭޖު ގެނެސްދެނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ރެޑްސްޓާ، ސްޕެޑިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ފާހަގަކޮށްލެވެއެވެ. ދެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އޯލް އިން އޯލް އިންވެސްޓްމަންޓް، ތިބްޔަން ޕްރީސްކޫލް، ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް، މަމަކް، ޝަވަރުމާޝީ އަދި ފިނިޓް އިންވެސްޓްމަންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ