ހައިވޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ ދެ ކާރާއި ހަތަރު ޖެހި ކަމަށާ ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ހައިވޭ، މާލެއިން ހުޅުމާލެއަށްދާ ފަޅީގައި ކާރު ލައިންގައި މަޑުކޮށްގެން އޮތް ކާރެއްގައި ދުއްވާފައިދިޔަ އެހެން ކާރެއް ފަހަތުން ޖެހި އެ ކާރު ސައިކަލު ލޭނަށް ފުރޮޅާލާ އިތުރު ހަތަރު ސައިކަލެއްގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވި އެވެ.
އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެ މީހުންނަށް ސީރިއަސް އަނިޔާތަކެެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓް ހިނގީ މިރޭ 12:45 ހާއިރު އެވެ.
އެއް ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަނެއް ކާރަށް ވެސް ވަރަށަ ގެއްލުންވި އެވެ. ކާރުތައް ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އެކްސިޑެންޓްވީ ދެ ކާރާ ހަތަރު ސައިކަލު ޖެހި، ހަތަރު މީހެއްގެ ހާލު ދެރަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ