ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް ގެންނަ ބިދޭސީންގެ އަދަދު 20 އަށްވުރެ މަދުނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
މީގެއިތުރުން، މި އިސްލާޙު ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން، މީގެ ކުރިން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބޭނުންކޮށްފައިވާ ކޯޓާތަކަށް ދައްކަމުންދިޔަ ފީ ދެއްކުންވެސް ހުއްޓާލާނެ ކަމަށް ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މި ބަދަލުތަކަކީ ރާއްޖޭގެ ވިޔަފާރިތަކަށް ދަތިނުވާނެހެން ކަންކަން ތަރުތީބުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ސަރުކާރުން ބުނެއެވެ.
20 ބިދޭސީންނަށްވުރެ މަދުނަމަ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ