އައްޑޫސިޓީ ފޭދޫގައި މަސައްކަތްކުރާ ލަންކާއަށް ނިސްބަތްވާ މީހަކު އިސްލާމްވެއްޖެ

އައްޑޫސިޓީ ފޭދޫގައި މަސައްކަތްކުރާ އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ މީހަކު އިސްލާމްވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާއަކީ ސ.ފޭދޫ ނަޔާ ސެލޫންގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އިސްލާމް ވުމުގެ ކުރިން އޭނާގެ ނަމަކީ  ޖަޔަސިންހާ އަރަޗިގެ ވަރުނާ ޕްރަބާތު އެވެ. ނަމަވެސް އިސްލާމްދީން ޤަބޫލުކުރުމަށްފަހު މިހާރު އޭނާގެ ނަމަކީ، ޢަބްދުﷲ އާދަމް އެވެ. 
މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާއަށް ޝަހާދަތް ލައިދީފައިވަނީ، ފޭދޫ މިސްކިތުގެ އިމާމެވެ. 
އަވައްޓެރި ލަންކާއަށް ނިސްބަތްވާ މީހަކު އިސްލާމްދީން ޤަބޫުލުކޮށް އިސްލާމްވެފައިވާއިރު، ކ.ދިއްފުއްޓަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރި އިނގިރޭސިވިލާތަށް ނިސްބަތްވާ 49 އަހަރުގެ އަންހެނަކުވެސް ވަނީ އިސްލާމްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ