ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލަ ފުލުހުންނަށް ހުށައަޅައިފިއެވެ.
މިކަމާ ގުޅިގެން ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ތަޢުލީމް ހާސިލްކުރަމުންދިޔަ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން އެ ވުޒާރާގެ ސަމާލުކަމަށް ގެނައުމުން އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.
ދަރިވަރަކަށް ދިމާވި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. އަދި މި ފަދަ މައްސަލަތައް އެ ވުޒާރާގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅުއްވަމުންގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޓީޗަރުން އިލްތިމާސްކުރައްވާފައެވެ.
ޚާއްސައެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި ޓީޗަރެއްގެ މައްސަލަ މިނިސްޓްރީން ފުލުހަށް ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ