ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާ ދުވަސްވަރަކަށް ވާތީ، މާލެ އާއި ހުޅުމާލެ 1 ގެ އެކި ސަރަހައްދުތަކުން މިއަދުގެ އެކި ގަޑިތަކުގައި ކަރަންޓުގެ ހިދުމަތް ކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާލެ އިން ކަރަންޓުގެ ހިދުމަތް ކެނޑޭނީ ހެނދުނު 9:30 އިން 11:30 އަށް ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި، މާލެއިން ކަރަންޓު ކެނޑޭނީ އަލިކިލޭގެފާނު މަގާއި ކަޅުހުރާ މަގާއި ބޮކަރުމާ ގޯޅި ހިމެނޭ ސަރަހައްދުންނެވެ.
ހުޅުމާލެ 1 އިން ކަރަންޓު ކެނޑޭނީ އަސުރުމާ ހިނގުމާއި ޗަނބޭލީ މަގު ގޯޅި 3 ގައި ހިމެނޭ ފްލެޓް ނަމްބަރު 133 އިން 138 އާ ދެމެދުންނެވެ. އެ ސަރަހައްދުތަކުން ކަރަންޓު ކެނޑޭނީ މެންދުރު 1:30 އިން 3 އަކަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހުޅުމާލެ، ފުރަތަމަ ފިޔަވަހި، އަސްރުމާ ހިނގުން، ޗަނބޭލީ މަގު ގޯޅި 3 (ފްލެޓް 138_133) ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 13:30 ން 15:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް.… pic.twitter.com/2hKO6334NZ
އެހެންވެ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން މާފަށް އެދެ އެވެ.
މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނިއިރު، މިދިޔަ ހުކުރު ދުވަހު ވެސް ހުޅުމާލެ އިން ތިން ގަޑިއިރެއްހާ އިރަށް ކަރަންޓު ކެނޑުނެވެ. އެއީ ހުޅުމާލެ 2 ގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން، މާލޭ އިންޓަކަނެކްޝަން ގްރިޑާ ގުޅުވުމުގެ މަސައްކަތްކުރުމަށް ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
މާލެ އާއި ހުޅުމާލެ އިން މިއަދުގެ އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ