ސަރުކާރުގެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ. މިހާރު ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފައްދާ ކެޕޭސިޓީ 110 މެގަވޮޓްގައި ހުރިއިރު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި އަދަދު 220 މެގަވޮޓަށް އިތުރުކުރުމަށް ވަނީ ރާވާފައެވެ.
ދައުލަތުގެ ބަޖެޓަށް ތެލުގެ ސަބަބުން ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމަށްޓަކައި، ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގައި 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫއެއްވެސް ސަރުކާރުން ވަނީ ފަށާފައެވެ. މި ހުރިހާ މަސައްކަތްތަކަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިއްމު ފިޔަވަޅުތަކެކެވެ.
ހަތަރު އަތޮޅެއްގައި އިޔާދަކުރަނިވި ހަކަތަ ގާއިމުކުރުމުގެ މަސައްކަތް މި މަހު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ