ސައުދީއަށް އެތެރެކުރަން އުޅުނު ދެ ލައްކައަށް ވުރެ ގިނަ އެމްފެޓަމިން ޓެބްލެޓް އަތުލައިގެންފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޖިނާއީ ނެޓްވޯކްތައް މޮނިޓާ ކުރުމަށް ކުރި ޕްރޮއެކްޓިވް ސެކިއުރިޓީ އޮޕަރޭޝަނެއްގެ ތެރެއިން ސީރިއާ އިން ސައުދީއަށް އެތެރެ ކުރަން އުޅުނު, 200،000 އަށް ވުރެ ގިނަ އެމްފެޓަމިން ޓެބްލެޓް އަތުލައިގެންފައިވާ ކަމަށް ސައުދީގެ އިންޓީރިއާ މިނިސްޓްރީގެ ސެކިއުރިޓީ ތަރުޖަމާނު ކާނަލް ތަލާލް އަލް ޝަލްހޫބް ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ސައުދީ މިނިސްޓްރީ އޮފް އިންޓީރިއާއިން ފޯރުކޮށްދިން ޖާސޫސީ މައުލޫމާތަށް ބިނާކޮށް ސީރިއާގެ ދާޚިލީ ވުޒާރާއިންނެވެ. މަސްތުވާތަކެތި ޓްރެކްކޮށް އަތުލައިގަތުމުގައި ސީރިއާގެ ކަމާބެހޭ ފަރާތްތަކުން ލިބުނު އެއްބާރުލުމަށް ތައުރީފު ކުރައްވައި، މިފަދަ ނާޖާއިޒު ހަރަކާތްތަކާ ދެކޮޅަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން އަލް ޝަލްހޫބް ފާހަގަކުރެއްވިއެވެ. މަސްތުވާތަކެތީގެ ނުރައްކަލުން ސައުދީއާއި، މުޅި ދުނިޔެވެސް ސަލާމަތް ކުރުމަށް, ޖިނާއީ ކުށްތަކުގެ ހަރަކާތްތައް މޮނިޓާކޮށް އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ކުށްތައް ނާކާމިޔާބުކުރުމަށާއި އެފަދަ ޖަރީމާތަކުގައި ބައިވެރިވާ މީހުން ހައްޔަރުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ޝަލްހޫބު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ