ބީއެމްއެލް ޑެބިޓު ކާޑުން ޝީއިން އާއި ޓީމޫ ފަދަ ވެބްސައިޓުތަކުން ކުރާ ވިޔަރާފިތަކަށް %30ގެ ފީއެއް ނަގަނީ

އޮންލައިން ވިޔަފާރި ކުރުމަށް އާންމުކޮށް ބޭނުން ކުރާ ވެބްސައިޓުތަކަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޑް ކާޑުން ފައިސާ ދައްކާނަމަ %0ގެ ފީއެއް ނަގަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކުގެ ޑެބިޑް ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ ލިމިޓު ދެގުނަ ބޮޑުކޮށްފަ އެވެ.
ތަފްސީލް - ކަސްޓަމަރުންނަށް މި ލުއި ދިން ނަމަވެސް، ބޭންކުން ވަނީ ޑެބިޓު ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ ބައެއް ވެބްސައިޓުތަކުން ކުރާ މުއާމަލާތްތަކުން ފީއެއް ނަގަން ނިންމައިފަ އެވެ.
ބޭންކުން ބުނީ:
ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއް ކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން
މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކަށް ފައިސާ ދައްކާއިރު %30އާ ހަމައަށް ފީއެއް ނަގާނެ
އެ ސައިޓުތަކަކީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ
ނަމަވެސް، ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭ ކަމަށް ވެސް ބޭންކުން ބުންޏެވެ. އެގޮތުން:
 ޑޮލަރު އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން މި ފީ ނުނަގާނެ
ރާއްޖޭން ބޭރުގައި އޭޓީއެމް އިން ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޑޮލަރަށް ވަނީ ކުޑަކޮށްފައި؛ އޭޓީއެމް އިން ފައިސާ ނެގުމުން 10 ޑޮލަރު ޗާޖު ކުރާނެ
ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކުރީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލާ
ބޭންކުން ބުނީ އެންމެ އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަށް ކަމަށެވެ.
ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މާދަމާ އިން ފެށިގެން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ