އާޝޫރާ ދުވަސް ފާއިތުވެގެން ދިއުމަކީ މުޙައްރަމް މަހުގެ މަތިވެރިކަން ކެނޑިގެންދާ ސަބަބެއް ނޫނެވެ. މުޙައްރަމަ މަހަކީ ޙުރުމަތްތެރިވެގެންވާ މައްސަރެކެވެ.
މިއަހަރުގެ އެންމެ އަގުހުރި މިދުވަސްތައް އަޅުގަނޑުމެންނާއި ބައްދަލުކޮށް ވަކިވެގެންދާއިރު ހަމަ އެންމެ މުހިންމު ކަމަކަށް އޮތީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ގަދައަޅައި މަސައްކަތްކުރުމެވެ. މިދުވަސްތަކުގައި ކޮންމެ މީހަކުވެސް ނެތް ހިތްވަރުލައިގެންވެސް ހީވާގިވެލައި މަސައްކަތްކުރަންވީ ހަމައެކަމަށެވެ.
ވީމާ އެކުވެރިންނަށް ކުޑަކުޑަހަދިޔާއެއް އަރިސްކޮށްލާނަމެވެ.
މިބަޔާންކުރަނީ ކިތަންމެ ބޮޑު ފާފައެއް ކުރެވިފައިވީނަމަވެސް ފުއްސަވައި ދެއްވަވާނެ ޛިކްރެވެ.
"اَسْتَغْفِرُ اللهَ الْعَظِیْمَ الَّذِیْ لَا اِلٰهَ اِلَّا ھُوَ الْحَیُّ الْقَیُّوْمُ وَ اَتُوْبُ اِلَیْهِ۔
މިފަދައިން ކިޔައިފި މީހަކު ﷲ ތަޢާލާގެ މަގުގައި ކުރާ ހަނގުރާމައިގެ މައިދާން ދޫކޮށްފައިވީނަމަވެސް އެމީހެއްގެ ފާފަ ﷲ ތަޢާލާ ފުއްސަވައދެއްވަވާނެތެވެ."
(އައްތިރްމިޛީ: 3577)
އަހަރުގެ އެންމެ ޙުރުމަތްތެރިވެގެންވާ މިދުވަސްތަކުގައި މިފަދަ ދުޢާތަކުގެ ބގޭނުންހިފުން ގިނަކުރަމުން ގެންދާށެވެ! އިން ޝާ ﷲ ކާމިޔާބުކުރެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކުރެވިފައިވާ ފާފައިގެ ބޮޑުމިނަށް ބިރުގަތުމެއް ނެތް! މިފަދައިން ޛިކުރުކޮށްފި މީހެއްގެ ހުރިހާ ފާތަކެއް ފުއްސަވައި ދެއްވަވާނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ