ނުރައްކާތެރި އެކްސިޑެންޓެއް؛ ތިން މީހަކަށް އަނިޔާ، ދެ މީހެއްގެ ހާލު ދެރަ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
އެކްސިޑެންޓް ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރީގަ އެވެ. އެކްސިޑެންޓްވީ ކާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ މީހާ ގައިގައި ޖެހުނީ ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށެވެ.
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ގަ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ގައިން ގިނަ އަދަދަކަށް ލޭ ފޭބި އެވެ. މަގުމަތީގައި ވަރަށް ގިނަ އަދަދަކަށް ލޭ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ