ކެނޯއެއްގައި ނިކުތް ދިވެހި ޒުވާނަކު ގެއްލިއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނިކުތް ސްޓާފެއްގެ ހަބަރެއް ވެފައި ނުވާތީ އެ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ގެއްލިފައި ވަނީ އުމުރުން 35 އަހަރުގެ ދިވެއްސެކެވެ. އޭނާ ކެނޯގައި ނިކުތީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަަށް ވެސް ބުންޏެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކައިރި ރިސޯޓްތަކުން ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ގދ. ގައްދޫން އިން އެ އަތޮޅު ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެއްސަކު ވެެސް ވަނީ ގެއްލިފަ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ގައްދޫން ފުރައިގެން ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެހި ފިިރިހެނެއްގެ ހަބަރެއް ވެފައިނުވާ ކަމަށް މިއަދު ހަވީރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ އެންމެ ފަހުން ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށާ ކަނޑުމަގުގެ އިތުރުން ގަމާއި ކައިރި ފަޅު ރަށްތައްވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކެނޯއެއްގައި ނިކުތް ދިވެހި ޒުވާނަކު ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ