ރޯމް (ޖުލައި 13) - އިޓާލިއަން ލީގުގެ އެޓަލަންޓާ އަށް ކުޅެމުން އަންނަ އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް މަޓެއޯ ރެޓެގީ، ބޮޑު އަގުގައި ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް، އަލް ގަދްސިއާ އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
އާޖެންޓީނާގެ ސެން ފެނާންޑޯ އަށް އުފަން، ރެޓެގީ، 26، ގެ ސޮއި ހޯދަން އަލް ގަދްސިއާ އިން 70 މިލިއަން ޑޮލަރުގެ ފީއެއް ދައްކާއިރު، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި އޭނާ ސޮއިކުރަނީ، އަހަރަކު، ބޯނަސް ހިމެނޭ ގޮތަށް 24 މިލިއަން ޑޮލަރަށެެވެ. މިއީ، މިހާރު ރެޓެގީ އަށް ލިބެމުން އަންނަ މުސާރައިގެ ހަތަރު ގުނަ އިތުރުވުމެވެ.
މީގެ ދެ އަހަރު ކުރިން، އިޓަލީ ގައުމީ ޓީމަށް ކުޅެން ފެށި ރެޓެގީ، މިދިޔަ އަހަރު އެޓަލަންޓާ އަށް ބަދަލުވެ، މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ނިންމާލީ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. ރެޓެގީ ވަނީ 36 މެޗުން 25 ގޯލު ޖަހައިފަ އެވެ.
ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި، ރެޓެގީ، އަލް ގަދްސިއާ އަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިގެންދާއިރު، އޭނާ ވަނީ މީގެ ކުރިން، އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. އަދި، އެޓަލަންޓާ އަށް ކުޅުމުގެ ކުރިން، އޭނާ ހުރީ އިޓާލިއަން ލީގުގެ، ޖެނޯއާގަ އެވެ.
އިޓަލީގެ ފޯވާޑް ރެޓެގީ ބޮޑު އަގުގައި ސައުދީ ލީގަށް އިޓަލީގެ ފޯވާޑް ރެޓެގީ ބޮޑު އަގުގައި ސައުދީ ލީގަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ