އިނގިރޭސިވިލާތުގެ ދަ ހައުސް އޮފް ކޮމަންސްގެ ސްޕީކަރު ލިންޑްޒޭ ހޮއިލް، ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި، އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ހައުސް އޮފް ކޮމަންސްގެ ސްޕީކަރު ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވީ، ރައީސް އިނގިރޭސިވިލާތަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ބައްދަލުވުން އޮތީ ލަންޑަންގެ ވެސްޓްމިންސްޓާ ޕެލަސްގައި ހުންނަ ސްޕީކާޒް ހައުސްގަ އެވެ.
ތަފްސީލު - އެ ބައްދަލުވުމުގައި ލިންޑްޒޭ ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މަސްވެރިކަން އަދި ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެ ބައްދަލުވުމަށްފަހު ރައީސް ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، ވެސްޓްމިންސްޓާ ޕެލަސް ބައްލަވާލައްވާފަ އެވެ.
ހައުސް އޮފް ކޮމަންސްގެ ސްޕީކަރާއި ރައީސް ގިނަ ދާއިރާތަކުން މަޝްވަރާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ