ޔުނައިޓެޑުން ބޭނުމީ ޖެކްސަން އާއި ގާނާޗޯ ބަދަލުކުރަން: ރިޕޯޓް ޔުނައިޓެޑުން ބޭނުމީ ޖެކްސަން އާއި ގާނާޗޯ ބަދަލުކުރަން: ރިޕޯޓް

މެންޗެސްޓާ (ޖުލައި 17) - މެންޗެސްޓާ ޔުނައިޓެޑުން ތައްޔާރުވަމުން އަންނަނީ ޗެލްސީގެ ފޯވާޑް، ނިކޮލަސް ޖެކްސަން ހޯދަން ކުރާ މަސައްކަތުގައި އަލެހަންދްރޯ ގާނާޗޯ ހުށަހަޅައިގެން އެ ޑީލް ކުރިއަށްގެންދިއުމަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ އެއް އަހަރު ކުރިން، ވިޔަރެއާލަށް 40 މިލިއަން ޑޮލަރު ދީފައި، ޗެލްސީން ގަތް ޖެކްސަން، 24، އަށް އެކަށީގެންވާ ވަރުގެ ކުރިއެރުމެއް އެ ޓީމާ އެކު ހޯދިފައިނުވާއިރު، ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ދެ ފޯވާޑުން ގަނެފަ އެވެ. ޖުމްލަ އެކު، 150 މިލިއަން ޑޮލަރު ހޭދަކޮށްފައި ޗެލްސީން ގަތީ، އިޕްސްވިޗް ޓައުން އިން ލިއަމް ޑެލަޕް އާއި ބްރައިޓަން އިން ޖޮއާއޯ ޕެޑްރޯ އެވެ.
ޗެލްސީން ޖެކްސަން ދޫކޮށްލަން ތައްޔާރުވަމުން އަންނަނިކޮށް، އޭނާ ހޯދަން ޔުނައިޓެޑުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑްގެ ޕްލޭނުގައި ނުހިމެނޭ އެއް ކުޅުންތެރިއެއް ކަމަށްވާ، އާޖެންޓީނާގެ އަލެހަންދްރޯ ގާނާޗޯ އަކީ ޗެލްސީގެ ކޯޗު، އެންޒޯ މަރެސްކާ ބޭނުންވާ ކުޅުންތެރިއެކެވެ. އެކަމަށް ބަލައި، ޔުނައިޓެޑުން ތައްޔާރުވަމުން އަންނަނީ، ޗެލްސީ އަށް ގާނާޗޯ، 21، ދީފައި، ޖެކްސަން ގެންދިއުމަށް ކަމަށް އައިނިއުސް އިން ރިޕޯޓްކޮށްފައިވެ އެވެ.
ޔުނައިޓެޑުން ބްރެންޓްފޯޑްގެ ފޯވާޑް، ބްރަޔާން އެމްބުއޭމޯ ހޯދަން ކުރާ މަސައްކަތުގައި ކުރިއެރުމެއް ނުލިބޭއިރު، ޔުނައިޓެޑުން އަންނަނީ ބްރެންޓްފޯޑުން ކިޔާ އަގު ދޭން ދެކޮޅު ހަދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ