އަދާލަތު ޕާޓީން އެންމެ އިސްކަންދިނީ ސިޔާސީ ގޮތުންނާއި ދިނީ ގޮތުން މީހުން ބިނާކުރަން: އިމްރާން
އާދަލަތު ޕާޓީން އެންމެ އިސްކަން ދިނީ ސިޔާސީ ގޮތުންނާއި ދީނީ ގޮތުން މީހުން ބިނާކުރުމަށް ކަމަށް އެޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ގަލޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީގެ ފިކުރަކީ އަދުލުވެރިކަން ކަމަށެވެ. އެގޮތުން، އެ ޕާޓީ އުފެދިގެން އައިއިރު އިސްވެރިންނަށް ތިއްބެވި ހުރިހާ ބޭފުޅުންނަކީ ދީނީ އިލްމުވެރިންނަށް ވުމުން ސިޔާސީ މަސައްކަތުގައި ގިނަ ގޮންޖެހުންތައް ތަހަންމަލު ކުރަން ޖެހުނު ކަމަށެވެ. އެކަންކަމުން އަރައިގަތުމުގައި ގިނަ ކަންތައްތަކެއް ކުރަން ޖެހުނަސް، ސިޔާސީ އެހެން ޕާޓީތަކާ އެޕާޓީ ފައިހަމަ ކުރަމުން ދިޔަކަން އިމްރާން ފާހަގަކުރެއްވިއެވެ. އަދާލަތު ޕާޓީން އެންމެ އިސްކަން ދިން އެއް ކަމަކީ ދީނީ ގޮތުންނާއި ސިޔާސީ އަދި ހިންގުމުގެ ދާއިރާގައި މީހުން ބިނާކޮށް، ރާއްޖޭގެ ސިޔާސީ މައިދާނަށް ނެރުން. ސިޔާސީ ގޮތުން އެއްވެސް ސިޔާސީ ތަޖުރިބާއެއް ހުނަރެއް ނެތް، ޕާޓީއަކުން މި 20 އަހަރު ތެރޭގައި ރާއްޖޭގެ ސިޔާސީ މައިދާނަށް ނެރެފައި ތިބި ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ބޭފުޅުން ގުނާ އަދަދު ނުކުރެވޭނެއާދަލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މި ސަރުކާރުގެ ތެރޭގައި ވެސް، އަދާލަތު ޕާޓީން 12 ވަރަކަށް އަހަރުގެ ތަޖުރިބާ ހާސިކުރައްވާ އެތައް ބޭފުޅުންނެއް އެބަތިބި ކަމަށް އިމްރާން ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން އެޕާޓީން ވަކިވުމުން އަމާޒާއި މިސްރާބުން ކައްސާލާފައިވާ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަން އިމްރާން ފާހަގަކުރެއްވިއެވެ. އޭގެއިތުރަށް، އަދުލުވެރިކަން ނަގައްހައްޓައި، އަނިޔާވެރިކަމާއި ފަސާދައަށް ޖާގަ ނުދޭހާ ހިނދަހު އަދާލަތު ޕާޓީ އަލިގަދަކޮށް، ފިޔަ ޖަހާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އެޕާޓީގެ މެންބަރުންގެ ކިބައިގައި ނުގުޑާ ފަދަ 'ވަރުގަދަ' އަޒުމެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީ ކުރިއަށް ގެންދަން ޖެހެނީ އަދުލު އިންސާފުގެ ހަމަތަކުގައި ސާބިތުވެ، ތިބެގެން ކަމަށެވެ. އެ ނިޒާމު ދެމެހެއްޓުމުގައި އަބަދުވެސް ދެމިތިބެން ޖެހޭ ކަން އިމްރާން ފާހަގަކުރެއްވިއެވެ. އާދަލަތު ޕާޓީ އުފެއްދީ، އޮގަސްޓު 18، 2005ގައި ކަމަށްވާއިރު، އެޕާޓީއަށް ރާއްޖޭގައި މެދުނުކެނޑި 20 އަހަރު ވަންދެން ހިންގި ދެވަނަ ޕާޓީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ