ޓީ ޓުވެންޓީ ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ވެސްޓާއި ފުވައްމުލަކު
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޓީ ޓްވެންޓީ ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ވެސްޓް ސްޕޯޓްސް ކްލަބާއި ފުވައްމުލަކު ކްރިކެޓް އެކަޑަމީ ބައްދަލުކުރަން ޖެހިއްޖެއެވެ. ދެ ގްރޫޕަށް ބަހާލައިގެން ކުޅެވޭ މި މުބާރާތުގައި ޖުމްލަ ނުވަ ޓީމަކުން ވާދަކުރާއިރު، ޖުމްލަ 22 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ހަފުތާ ބަންދެއްގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭގައި ހިމެނެނީ ވެސްޓް ސްޕޯޓްސް ކުލަބު، ފުވައްމުލައް ކްރިކެޓް އެކަޑަމީ، ވިޗެންޒާ، އައިޒީ ސްޕޯޓްސް ރެކްރިއޭޝަން ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ އަނަކީ ސްޕޯޓްސް، ބީޖީ ސްޕޯޓްސް، ހިންނަވަރު ހިރިޔާ އަދި ލަޔަންސްއެވެ. ފުރަތަމަ މެޗު މި މަހުގެ 22 ވަނަ ދުވަހު ވެސްޓް ސްޕޯޓްސް ކްލަބާއި ފުވައްމުލައް ކްރިކެޓް އެކަޑަމީ ބައްދަލުކުރާއިރު، ހަމަ އެދުވަހުގެ މެންދުރު ފަހު މެޗުގައި ބައްދަލުކުރާނީ ވިޗެންޒާއާއި އައިޒީގެ ޓީމެވެ. މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ