ތިބާ އަކީ ތިބާގެ ނަފުސަށް ކޮންކަހަލަ ރައްޓެއްސެއް ހެއްޔެވެ؟

ކޮންމެ އިންސާނަކަށްވެސް އޭނާގެ އަމިއްލަ ނަފުސާ ދޭތެރޭ ވިސްނާ ފިކުރު ކުރުމުގެ ގާބިލުކަން ލިބިގެންވެއެވެ. އޭނާގެ އަމިއްލަ ނަފުސު ތަރުތީބުވެ ބައްޓަން ވަނީ އޭނާގެ އަމިއްލަ ނަފުސާ ދޭތެރޭ އޭނާގެ ސިކުނޑީގައި ހިނގާ މަޝްވަރާގެ މަތިންނެވެ. ތިމާއަކީ ހިތްވަރު ގަދަ އަގުހުރި މީހެއް ކަމުގައި ގަބޫލުކުރާނަމަ ތިމާގެ ނަފުސު ބިނާވާނީ އެ ހަގީގަތުގެ މައްޗަށެވެ.
ތިރީގައި މިވާ ތަފާތު ހަަރަކާތަކުން ތިމާގެ އާދަތަކާއި ނަފުސު ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށް އެހީތެރިވެދޭނެއެވެ.
-        ތިމާގެ ސިފަ
-        ފައިތުވި ދެ ގަޑިއިރު ކުރާން އިން މަސައްކަތް
-        ތިމާގެ ގާބިލިއްޔަތު
-        ތިމާގެ ހުނަރާއި ތިމާއަށް ކުރެވޭނެ ކަންކަން
-        ތިމާގެ އަގު
 
މާދަމާ ދައްކާނެ ވާހަކައަކާ އަދި ކަންތައް ކުރާނެ ގޮތަކާ ދޭތެރޭ ރަނގަޅަށް ވިސްނާލާށެވެ. ވިސްނާއިރު އަމިއްލަ ނަފުސާ ތިމާއާ ދެމެދު މުއާމަލާތެއް ހިނގާނެއެވެ. އެއީ ކޮން މުއާމަލާތެއް ހެއްޔެވެ. ހިނގާނެ މުއާމަލާތް ނޯޓު ފޮތުގައި ލިޔާށެވެ.
 
ލިޔެފައިވާ ޖަވާބުތަކަށް ވިސްނާލުމުން ތިބާއަކީ ތިބާގެ ނަފްސަށް ކޮންކަހަލަ ރައްޓެއްސެއްކަން އެގޭނެއެވެ. ދިރިއުޅުމުގައި ސުވާލުތަކަކީ ޖަވާބު ހޯދުން މުހިންމު ސާލުތަކެކެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ