މިއަދު ހަވީރު 6 ޖަހާއިރަށް ޔާމީން ގެއަށް ބަދަލުކުރަން މުހުލަތު ދީފި

މިއަދު ހަވީރު 6 ޖަހާއިރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސަރުކާރަށް މުހުލަތެއް ދީފިއެވެ.
އިދިކޮޅުން މި މުހުލަތު ދީފައިވަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރޭ އިދިކޮޅުން މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިންނެވެ.
އެގޮތުން މިއަދު ހަވީރު 6 ޖަހާއިރަށް ޔާމީން ގެއަށް ބަދަލުނުކޮށްފިނަމަ، ރެޔަށް ވުރެ ވަރުގަދަ އަށް މިރޭ އިހުތިޖާޖު ކުރާނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.
ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް އެދި އާއިލާ އަދި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.
އެގޮތުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކުރުމާ ގުޅޭގިޮތުން މަޝްވަރާތައް ކުރިއަށްދާކަން ހާމަކުރައްވާފައެެވެ. އަދި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް މިހާރު ވެސް އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ދައުވާ ކުރަމުންނެވެ. އެގޮތަށް ފުށްގިރި މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ރައިސް ޔާމީންގެ މައްޗަށް އުފުލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ